Saturday, May 29, 2010

ސަރުކާރުގެ އައު ވަޒީފާއާއި ފުރަތަމަ ފޮތް

ލިޔުނީ: އަސްލަމް ޝާކިރު، 29 މެއި 2010

http://www.aslamshakir.com, http://aslamshakir.blogspot.com, aslam.shakir@gmail.com

އަޅުގަނޑުގެ ބްލޮގް/ވެބް ސައިޓްގައި އިތުރު ލިއުމެއެއް ޝާއިޢް ނުކުރެވި ދުވަސްތަކެއް ވެފައިވާތީ، ކިޔުންތެރިންގެ އަރިހުން ނިހާޔަތަށް މަޢާފަށް އެދެމެވެ. 18 އޭޕްރީލް 2010 ކުން ފެށިގެން، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސް އެންޑް ޓްރެޜަރީގެ ހައިސިއްޔަތުން، މި ވަގުތު ސަރުކާރުން އަޅުގަނޑާއި ޙަވާލު ކުރައްވާފައިވާ މަސައްކަތްކަމަށް ވާ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ޕްލޭނިންގ (ޑީއެންޕީ)، (ކުރީގެ މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް ނޭޝަނަލް ޑިވެލޮޕްމަންޓް) އާއި އެ ޑިޕާޓުމަންޓުގެ ދަށުގައިވާ އެންމެހާ އިދާރާތައް ޒިންމާދާރު ގޮތެއްގައި ހަލުވި ކަމާއި އެކު، ރައްޔިރުންނާއި ވީހާވެސް ކައިރިން ހިންގޭނެ ނިޒާމެއް ޤާއިމުކޮށް ތަންފީޒު ކުރުމަށް އަޅުގަނޑު މިގެންދަނީ މަސައްކަތް ކުރަމުންނެވެ. ޑީއެންޕީގެ މެންޑޭޓުގައި މިވަގުތު ހިމެނޭ މަސައްކަތްތައް މައިގަނޑު 3 ބަޔަކަށް ބަހައި ލެވިދާނެއެވެ. އެއީ:

1. ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީގެ ޕްލޭންތައް ބެލެހެއްޓުމާ ބެހޭ މަސައްކަތްތައް؛

2. ދިވެހިރާއްޖޭގެ ތަފާސް ހިސާބު ބެލެހެއްޓުމުގެ މަސައްކަތް؛

3. ރައްޔިތުންގެ ފާގަތިކަމާއި ކުރިއެރުމަށް، ސަރުކާރުން ހިންގާ ނުވަތަ ސަރުކާރަށް އެއްވެސް ގޮތަކުން ސީދާ އާމްދަނީއެއް ނުވަތަ މަންފާއެއް ލިބޭ ގޮތަށް އެކި އެކި ފަރާތްތަކުން ހިންގާ މަޝްރޫޢު ތައް ހިނގާ ނުހިނގާ ގޮތްބަލައި، އެ މަޝްރޫޢުތައް ހަރުދަނާ ކުރުމާއި ތަންފީޒުކުރުން އަވަސް ކުރުމަށް ކުރަންޖެހޭ މަސައްކަތް.

މިވަގުތު ސަރުކާރުން އަޅުގަނޑާ ހަވާލު ކުރައްވަފައިވާ މަސައްކަތްތައް މިނސްޓްރީ އެފް ފިނޭންސް އެންޑް ޓްރެޜަރީގެ މެންޑޭޓުގެ ތެރޭގައި ހިމެނޭ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ޕްލޭނިންގެ ދަށުގައި ތަފްސީލު ކުރެވިފައި ވެއެވެ. އަދި ސަރުކާރުގެ އެންމެހާ އިދާރާތަކާ ޙަވާލު ކުރެވިފައިވާ މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓްގައި ވަނީ ޝާއިޢު ކުރަށްވާފައެވެ.

މީގެ އިތުރުން، ނިއުޒީލެންޑްގެ އޮޓާގޯ ޔުނިވަރސިޓީގެ ޖިއޯގްރަފީ ޑިޕާރޓްމަންޓުގައި އަޅުގަޑު ކުރިއަށްގެންގޮސް ފުރިހަމަކުރި ޕޯސްޓްގްރެޖުއޭޓް ދިރާސާ (ރިސަރޗް) ކަމުގައިވާ " ޕޯސްޓް-ޑިޒާސްޓަރ ސްޓްރެޓީޖިކް އެންވަޔަރަންމަންޓް އެސެސްމަންޓް (އެސްއީއޭ): ބެނެފިޓްސް، ކޮންސްޓްރެއިންޓްސް އެންޑް އޮޕޯޗުނިޓީޒް"، ޖަރުމަނުގެ ޕަބްލިޝަރ އެއް ކަމުގައިވާ ލެމްބަރޓް އެކެޑަމިކް ޕަބްލިޝިންގ (ލެޕް)، ބަލައިގަނެ، ފޮތެއްގެ ސިފައިގައި ޝާއިޢު ކުރުމަށް ޝައުގުވެރިކަން ފައުޅުކުރުމާއި ގުޅިގެން، އެފަރާތާއި އެކު މަސައްކަތްކޮށް އެ ދިރާސާ، މިހާރު ވަނީ ޓެކްސްޓް (ކިޔަވައިދޭން ބޭނުންކުރާ) ފޮތެއްގެ ގޮތުގައި ޝާއިއު ކޮށް ނިމިފައެވެ.

ދުނިޔޭގެ ފޮތް ވިއްކާ ބޮޑެތި ފިހާރަތަކުންނާއި އޮންލައިން ސްޓޯރު ތަކުން އިންޓަރނެޓު މެދުވެރިކޮށްވެސް މިހާރު އެފޮތް ގަންނަން ލިބޭނެ އިންތިޒާމު ވަނީ ހަމަ ޖެހި ފައެވެ. އެގޮތުން ބަލާއިރު ދުނިޔޭގެ އެންމެ ބޮޑު އޮންލައިން ސްޓޯރު ކަމުގައިވާ އެމޭޒޮން ޑޮޓް ކޮމް އާއި، ބުކްސް އޮން ޑިމާންޑް (ބީއޯޑީ) ޑޮޓް ކޮމް އަދި، ގެޓް ޓެކްޓް ބުކްސް ޑޮޓް ކޮމް އިން އެފޮތް ވިއްކަމުން އެބަ ގެންދެއެވެ. މިފޮތުގެ އަގަކީ ގާތްގަނޑަކަށް 98 ޔޫއެސް ޑޮލަރު ނުވަތަ 79 ޔޫރޯ އެވެ. އަދި މީގެ އިތުރުން ޕޯސްޓޭޖް ނުވަތަ ޝިޕިންގ ޗާޖާ އެކީ އެވްރެޖް ކޮށް 110 ކާއި 135 ޔޫއެސް ޑޮލަރާ ދެމެދުގެ އަގެއް މިފޮތަށް ޖެހޭނެ ކަމަށް ލަފާކުރެވެވެއެވެ.

އިރާދަ ކުރެއްވިއްޔާ މިފޮތުގައި ހިމެނޭ މައުލޫމާތު ކިޔުންތެރިންނާއި އަވަސް ފުރުސަތެއްގައި ޙިއްސާ ކުރާނެ ވަހަކަ މިފުރުސަތުގައި ދަންނަވަމެވެ. އަޅުގަނޑުގެ އުއްމީދަކީ ވީހާވެސް ގިނައިން އަޅުގަނޑުގެ ބްލޮގް/ވެބް ސައިޓް މެދުވެރިކޮށް ކިޔުންތެރިންނާއި އެކު މަޢުލޫމާތު ޙިއްސާކޮށް، ޤައުމަށް ޚިދުމަތް ކުރަން އަޅުގަނޑަށް ލިބޭ ކޮންމެ ފުރުސަތެއްގައި، ކިޔުންތެރިން އަޅުގަނޑަށް ދެއްވާ ހެޔޮ ލަފަޔާއި އިރުޝާދުގެ ބޭނުން ވީއެންމެ ފުޅާމިނެއްގައި ހިފައި، ރައްޔިތުންގެ ވިންދާ އެއްގޮތަށް އަޅުގަނޑުގެ މަސައްކަތްތައް ބައްޓަން ކުރުމަށް މަގުފަހިކުރުމެވެ.

އަޅުގަނޑު ލިޔެ، މިހާރު ޝާއިއު ކޮށްފައިވާ ފޮތާބެހޭ އިތުރު މައުލޫމާތު ބޭނުންފުޅުވާ ފަރާތްތަކަށް، ތިރީގައި މިވާ ވެބް ލިންކް (ވެބް ސައިޓް) ތަކުން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ.

Aslam Shakir - POST-DISASTER STRATEGIC ENVIRONMENTAL ASSESSMENT (SEA) : Author Portrait BoD - Books.

http://www.amazon.com/POST-DISASTER-STRATEGIC-ENVIRONMENTAL-...ASSESSMENT-OPPORTUNITIES/dp/3838347854/ref=sr_1_1?ie=UTF8&s=books&qid=1275028745&sr=8-1

http://www.gettextbooks.com/search/?isbn=9783838347851

4 comments:

  1. i feel sorry for the country and for people of this beloved country; that you have been put incharge of National Planning Department.

    ReplyDelete
  2. Great work Aslam. Having read your text book I find that text extremely useful. And the best thing about it is that it is the first international publication on environmental assessment by a Maldivian. With your knowledge of Strategic Environmental Assessment, geography, land planning, management and valuation, I am sure you will bring a new dimension to planning in the Maldives and new flesh to our development plans. As far as project monitoring is concerned, your incorruptible nature will help to put projects in the right direction. The President has made a great choice. May Allah bless you and may this beloved nation prosper in every way.

    ReplyDelete
  3. ޤައުމަކަށް ލިބޭނޭ އެންމެބޮޑު ނިކަމެތި ކަމަކީ ތަޢުލީމާއި ތަޖުރިބާގެ ގޮތުން ދޮށީ ރައްޔިތެއް އުފެއްދިފައި ނެތުމެވެ. 1978 ވަނައަހަރު މިރއްޖޭގެ ވެރިކަމަށް ކިނބިގަސްދޮށުގޭ މައުމޫނު އަރައި، އަސާސީ ތަޢުލީމާއި، ދުރުންދޭ ތަޢުލީމާއި، ގާތުންދޭ ތަޢުލީމުން ފެށިގެން ބަތާނަދަށުން ފޯރުކޮށްދޭ ތަޢުލީމުން ފެށިގެން ފާޑުފާޑުގެ ނަންނަމުގައި ރައްޔިތުންނަށް ތަޢުލީމު ދިނުމުގެ ނަމުގައި ޕްރޮގްރާމްތައް ހިންގައި، ތަޢުލީމުގެ ބަފާކަމުގެ މެޑެލްޖއްސަވަން މަސައްކަތްކުރެއްވިއިރު، އެކުރެއްވި މަސައްކަތުގައި އެއްވެސް އިޚްލާޞްތެރިކަމެއް ހުރިނަމަ، އޭގެ 30 އަހަރުފަހަށް އައިއިރު ކުޑަމިނުން މައުމޫނުގެ ކެބިނެޓްގަޔާއި އޭނާގެ ސަރުކާރުގެ އެންމެއިސް މަޤާމުތަކުގައި ތިބެންޖެހޭނީ ތަޢުލީމީ މީހުންނެވެ. އެހެންނަމަވެސް ހިތާމަޔަކީ ވެރިކަމުން ލަދުވެތިގޮތަކަށް ވެއްޓިގެން ދިޔައިރުވެސް އެންމެ އަރިހުގައި ތިއްބެވީ ހަމައިހުގެވެސް ބާރެލީކަމުގައިވާ އުމަރު ޒާހިރުމެން، ޢަބްދުﷲ ޙަމީދުމެން، ޢަބްދުﷲ ޖަމީލުމެންފަދަ ގަބުޅިންނެވެ.

    ސިވިލްސާވިސް ވަކިވެގެންދިޔައިރު ދިވެހި ސިވިލްސާވިސްގެ އެންމެމަތިފަޑީގައި ތިބީ ގްރޭޑް 4،5 ގެ ފެންވަރުވެސް ނެތް މުޅަ މަސްގަނޑުގަނޑެވެ. އަތޮޅުއަތޮޅުގެ އަތޮޅުވެރިކަމުން ފެށިގެން ރަށްރަށުގެ ކަތީބުކަމުގައި ތިބި ބަޔެއް ހާލަތު ރަގަޅުވާނީ ނުލިޔުމެވެ.

    ދަންނަވަން މިއުޅޭ ވާހަކައަކީ، ސުމުއްވުލްއަމީރު މުޙައްމަދު އަމީނުގެ ލެގަސީ ނަކަލުކުރައްވައިގެން ހަމައެކަނި ނަމެއްގައި ތަޢުލީމު ފުޅާކުރަން މަސައްކަތްކުރިއެއްކަމަކު، ފާޅުވެ ބަޔާންވާން އޮތް ބޮޑު ހަގީގަތަކީ މިއަދު މިގައުމުގައި ރަގަޅު ތަޢުލީމެއް ލިބިފައިތިބި، ސާޅީސް ފަންސާސް އަހަރުންމަތީގެ މީހުންގެ އަދަދު އިނގިލިކުރިން ގުނާލެވޭހާ މަދުކަމެވެ. ތިބި މަދުމީހަކު ތިބީވެސް މައުމޫނުގެ ވެރިކަމުގެ މައިމޫތަކާ ގުޅިފައިވާ އާއިލާތަކުގައެވެ.

    ގައުމެއް ޕްލޭންކޮށް، ތަރައްޤީކޮށް، ހިންގާހެދުމުގައި ތަޢުލީމާއި އެއްވަރަށް ތަޖުރިބާ ބޭނުންވާއިރު، އެކާވީސްވަނަ ޤަރުނުގެ ފުރަތަމަ ދިހައަހަރު ފާއިތުވެގެންދިޔައިރު ތަޢުލީމާއި ތަޖުރިބާ މިދެބައި އެއްވެފައިވާ ރައްޔިތެއް ޤައުމުގައި ނެތްކަމީ މިވޭތުވެދިޔަ ތިރީހަކަށް ސާޅީހަކަށް އަހަރު ވެރިކަންކުރި މީހުން ކަނޑައެޅިގެން މިޤައުމަށާއި މިޤައުމުގެ މުޅިމުސްތަޤްބަލަށް ވެފައިވާ ސުނާމީއަކަށްވުރެ މާބޮޑު ޚިޔާނާތެކެވެ. ޚާއްޞަކޮށް މައުމޫނު މިކަމުގެ ޒިންމާ އެހެންއެކަކަށްވުރެވެސްބޮޑަށް އުފުލަންޖެހޭނެއެވެ. އެހެނީ އޭނާގެ މުށުތެރެއަށްލައިގެން ގެންގުޅުނު ވެރިކަމަށް، ޤައުމުގައި އުފެދިދާނޭ ތަޢުލީމީ ބައެއްގެ ސަބަބުން ލޮޅުން އަރާފާނޭކަމުގެ ބިރަށްޓަކައި، ބޭރުގެ ރަހުމަތްތެރިކަރަކަރައިން ލިބުނުހާ ސްކޮލަރޝިޕްތަކާ ކޯސްތަކަށް ހަމަގަސްދުގައި ދިވެހީން ކިޔަވަންދިޔަނުދީ ހިފެހެއްޓުމުގެ ނަތީޖާ މިގައުމުން މިހާރު ފެނިތަމްސީލުވަމުންމިދަނީއެވެ.

    ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި އިގްތިސާދީ އަދި މާލީ އަދި ސިޔާސީ ކަންކަމާއި ދީނީ ކަންކަމުގައި ވަރަށް ތަޖުރިބާކާރު، ވަރަށް ހަރު މީހުން ތިބޭއިރު، ދިވެހިރާއްޖޭގެ އެންމެ އިސް ސިޔާސަތުތައް ކަނޑައަޅަށް މިތިބީ އެންމެ ތިރީހަކަށް އަހަރުގެ ޅަކުދީންނެވެ. ޒުވާނުންގެ ދައުރު ފުޅާވުމަކީ އަޅުގަނޑުވެސް އުފާކުރާކަމެކެވެ. އެކަމަކު، ބޮޑެތިކަންކަމުގައި އެބައެއްގެ ލަފަޔާއި ތަޖުރިބާ ކޮންމެހެން ބޭނުންކުރަންޖެހޭ، އެއްކަލަ ތަޖުރިބާކާރު މީހުން ޤައުމުގައި އެއްގޮތަކަށްވެސް ނެތުމަކީ ޤައުމަކަށް ލައިގަންނާނޭ އެންމެބޮޑު ކާރިސާއަށް ނޫނީ ނުވާނެއެވެ. މިކާރިސާ ގެނެސްދީ، ގައުމު މިހާލަތަށް ގަންބާލިމީހަކީ ހަމަސީދާ ކިނބިގަސްދޮށުގޭ މައުމޫނުފިޔަވައި އެހެންމީހެއްނޫނެވެ. އެންމެހިތްތިރި ފަނޑިޔާރެއްގެ ހުކުމުން ހުކުން އިއްވިޔަސް "އެ...." ގެބޮލަށް އެހެރީ ....ޖެހިފައެވެ

    ReplyDelete
  4. 岡本 啓子Jun 4, 2010 08:22 AM

    kaleah foyliyandhaskodhinee.kaakutha.kaleykonmehen aharumen olhuvaalan ulhenekamenne.kaleyvarahnethennun europe gaumuthakuge univercity thakugamihaaru kiyavaadenee kaleyga foytha dhuniyegathibi PHD meehunahvureves kaley molhuveethaa.thivaahakadhakaalaigenves.group meehun hinhamajassathi.dhoguhadhaigenves vaane thikannimenvaairah ithurah masykathehnukovaavarukuran.adhi raiyathunge leykolhubolaahusnuvanees.dhookohnulaathi????????

    ReplyDelete

Please do not use foul language and try to keep within the topic in discussion.